ރަސްމާލޭގެ މަޝްރޫއު ކުރިއަށް ގެންދާނީ ޕީއެސްއައިޕީ އުސޫލުން: މުއްތަލިބު
19 އޮކްޓޯބަރު 2026 - 04:45

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއު ހިންގާނީ "ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓެޑް ޕްރޮޕޯސަލް" (ޕީއެސްއައިޕީ) އުސޫލުގެ ދަށުން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ނިންމައި، އާންމު ބީލަމަކަށް (އޯޕަން ބިޑިން) ނުހުޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ އުސޫލުން އަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.22 ގެ (ނ) ގެ ދަށުން ކަމަށެވެ. މިއީ ސަރުކާރުން އިސްނަގައިގެން ހުޅުވާލާ ބީލަންތަކުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ހުށަހެޅުންތަކަށް އަމަލުކުރާ އުސޫލެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން، ބިން ކުއްޔަށް ދޫކުރާ މުއްދަތާއި ގުޅޭގޮތުން މިނިސްތަރު ވިދާޅުވީ މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ވިޔަފާރީގެ މައިގަނޑު އަސާސްތައް ބަޔާންކުރާ 'ކޮމާޝަލް ޓާމްސް' އެއްބަސްވުމެއް ކަމަށެވެ. އަދި އެންމެ ފަހުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ އިމުގެ ތެރެއިން ފުރިހަމައަށް މަޝްވަރާކޮށް ގާނޫނީ ހަމަތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
މި މުއާމަލާތުގެ ތެރެއިން މާކެޓުގައި ޕްރޮޕަޓީގެ އަގު އުފުލެމުންދާ ވަރަކަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫއަށް ލިބޭ ފައިސާގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ސީދާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އެއްބަސްވުމުގެ ކޮމާޝަލް ޓާމްސްގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
