logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ރިޕޯޓް

ބިން ވިއްކަން ވޯޓު ދީފައިވާ ޚަލީލަށް ކުއްލިއަކަށް ސަރުކާރު ގޯސްވުމަކީ ބޮޑު ޖޯކެއް

އަޙުމަދު ރަމީޒު
13 އޮކްޓޯބަރު 2026 - 06:14
އަބްދުﷲ ޔާމީނާއެކު ބޭރު މީހުންނަށް ބިން ވިއްކަން ވޯޓު ދިން ޕީޕީއެމް ޚަލީލް ނޫސްވެރިންނަށް މައުލޫމާތު ދެނީ
އަބްދުﷲ ޔާމީނާއެކު ބޭރު މީހުންނަށް ބިން ވިއްކަން ވޯޓު ދިން ޕީޕީއެމް ޚަލީލް ނޫސްވެރިންނަށް މައުލޫމާތު ދެނީ

ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ޕްރޮޖެކްޓްގެ ހާމަކަން ބޮޑުކަމާމެދު ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުއްލިއަކަށް ސުވާލު އުފައްދަވައި ފާޑުވިދާޅުވާން ފެއްޓެވުމަކީ ސިޔާސީ މަޝްރަހުގައި މިއަދު ގިނަ ބަޔަކު ވާހަކަދައްކަން ފެށި މައްސަލައެކެވެ.

ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވިއިރު އެ މަޝްރޫއު ދިފާއު ކުރެއްވި ބޭފުޅަކު، މަގާމުން ވަކިކުރެވުމާއެކު ކުއްލިއަކަށް ސަރުކާރުގެ ސިޔާސަތުތައް ގޯސްކޮށް ވާހަކަދައްކަވަން ފެއްޓެވުމުން، އެއީ އިޚްލާސްތެރި ކަންބޮޑުވުމެއްތޯ ނުވަތަ މަގާމު ގެއްލުމުން ކޯފާވެގެން ކުރެއްވި ކަމެއްތޯ ސުވާލު އުފެދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ޚާރިޖީ ވަޒީރުގެ މަގާމުން ޑރ. އަބްދުﷲ ޚަލީލް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަކިކުރީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި އާއި އިގްތިސާދީ ޑިޕްލޮމަސީގައި އެކަށީގެންވާ ނަތީޖާއެއް އޭނާއަށް ނެރެދެވޭ ގޮތް ނުވެ، ފެއިލްވުމުންނެވެ.

ހާއްސަކޮށް، ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ރަސްމާލެ މަޝްރޫއު ފަދަ ބުރަދަން ހުރި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ ވަރުގަދަ އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ހޯދައިދިނުމުގައި ހާރިޖީ ވަޒީރަކަށް ހުންނަވައި ޑރ. ޚަލީލަށް ކުރެވުނު އެއްކަމެއްވެސް ފެންނާކަށް ނެތެވެ.

ރާއްޖެއަށް ބޭނުންވާ ބޭރުގެ މާލީ އިނާޔާތްތަކާއި އިންވެސްޓްމަންޓްތައް ގެނައުމުގައިވެސް ޑރ. ޚަލީލުގެ ފަރާތުން ފެނުނީ ކަންނެތްކަމާއި، މަސައްކަތުގެ ފެންވަރެއް ނެތްކަމެވެ.

ވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރު ސަރުކާރުގެ ހުރިހާ ނިންމެވުންތަކެއް ދިފާއުކުރެއްވި ޚަލީލް، މަގާމުން ވަކިކުރެއްވުމާއެކު އިދިކޮޅު މީހެއް ފަދައިން ސަރުކާރަށް ހަމަލާދިނުމަކީ އޭނާގެ އަމިއްލަ އެދުމާއި ޒާތީ ހަސަދަ އޮތް މިންވަރު އަންގައިދޭ ކަމެކެވެ.

ރަސްމާލެ މަޝްރޫއުގެ ހާމަކަން ބޮޑުކަމާއި، ބިމުގެ މިލްކުވެރިކަމާ މެދު ޚަލީލް ސުވާލު އުފެއްދެވިއިރު އެނާގެ މާޒީން ފެންނަނީ ދެކޮޅު ނުޖެހޭ ކަންކަމާއި އަމިއްލަ އެދުން އިސްކޮށްފައިވާ މިންވަރެވެ.

އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން އެއްކޮށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރިއިރު މަޖިލިސް މެންބަރަކަށް އިންނަވައި، ޑރ. ޚަލީލް ވަނީ ގައުމު ވިއްކާލުމަށް ވޯޓު ދެއްވާފަ އެވެ. މިވަރުގެ ބޭފުޅަކު ރަސްމާލެ މަޝްރޫއާއި ގައުމުގެ މިނިވަންކަމާ ގުޅުވާތީ އެކަން ވަނީ ބޮޑު ޖޯކަކަށެވެ.

ޑރ. ޚަލީލުގެ އަމިއްލަ "އޭކޭ ފައުންޑޭޝަން" މެދުވެރިކޮށް ފ. ނިލަންދޫގައި އިމާރާތެއް އަޅަން ކުވައިތު ފަންޑުން ދިން ދެލައްކަ ޑޮލަރުގެ ތެރެއިން 89,000 އަށްވުރެ ގިނަ ޑޮލަރު ޚަލީލްގެ އަމިއްލަ އެކައުންޓަށް ބަދަލުކޮށްލިއިރު ގައުމީ ލޯތްބާއި އިޚްލާސްތެރިކަން އޮތީ ކޮންތާކުތޯ ސުވާލު އުފެދެ އެވެ. ނިލަންދޫގައި އަޅަން ހަވާލުވި އިމާރާތާ ހަވާލުވިތާ އެތައް އަހަރެއްވީއިރު އެ އިމާރާތް މިއަދާ ހަމައަށްވެސް ނިންމާފައެއް ނުވެ އެވެ.

ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ ދަށުން ޚަލީލުގެ ނުފޫޒާއި ބާރުގައި އާއިލާގެ 37 މީހަކަށް ފްލެޓް ހޯދައިދިންއިރު ނިކަމެތި އެހެން މީހުންގެ ހައްގުތަކަށް ފައިން އެރުމަށް އޭނާ ޖެހިލުން ނުވި ކީއްވެތޯ ހިތަށް އަރައެވެ.

އެހެންކަމުން ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޑރ. އަބްދުﷲ ޚަލީލް ކުއްލިއަކަށް ކުޅެލި ޑްރާމާއަކީ، ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުން ހޯދައިނުދެވި، މަސައްކަތުގެ ފެންވަރު ދަށްވެގެން، މަގާމުން ވަކިކުރުމުން އުފެދުނު ރުޅިވެރިކަމުގައި ކުޅެލި ޑްރާމާއެއްކަން އެނގި ހާމަވެ އެވެ.

އަމިއްލަ މާޒީގައި ބޭރު މީހުންނަށް ދިވެހިންގެ ބިން ވިއްކަން ވޯޓުދީފައި، އަމިއްލަ ފައުންޑޭޝަން މެދުވެރިކޮށް ހިންގި މާލީ މުއާމަލާތްތަކުގެ ހަނދާން ނެތި، ކުއްލިއަކަށް ސަރުކާރު ގޯސްކުރަން އުޅުއްވުމުން އާންމުންގެ ތަރުހީބެއް އޭނާގެ ވާހަކަތަކަކަށް ނުލިބޭނެކަން ޑރ. ޚަލީލް ދަންނަންޖެހެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިން ވިއްކަން ވޯޓު ދީފައިވާ ޚަލީލަށް ކުއްލިއަކަށް ސަރުކާރު ގޯސްވުމަކީ ބޮޑު ޖޯކެއްރިޕޯޓް | 2 ގަޑިއިރު ކުރިންރަސްމާލޭ މަޝްރޫއުގައި ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކާ: އަލްއައްބާރުޚަބަރު | 5 ދުވަސް ކުރިންރަސްމާލެ މަޝްރޫއު ތަރައްގީކުރާ މުއްދަތުގައި 11 ބިލިއަން ޑޮލަރު ލިބޭނެޚަބަރު | 13 ދުވަސް ކުރިންރަސްމާލެ މަޝްރޫޢުގެ އާމްދަނީ މުޅި ޓޫރިޒަމް ދާއިރާއަށްވުރެ އިތުރުވާނެ: ފަހުމީޚަބަރު | 13 ދުވަސް ކުރިން