logo
MPL

MPL

ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

އައިޝަތު އިނާޝާ
12 ނޮވެމްބަރު 2026 - 13:05
މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށއިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ / ޢާލިޔާ، އާދަމް އިކްރާމް (32އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނިގޮތުގައި އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 11 ނޮވެންބަރު 2026 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، 12 ނޮވެންބަރު 2026 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

އާދަމް އިކްރާމް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައި ނުވާތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މައުލޫމާތު ހިއްސާކުރުމަށް ގުޅާނީ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށެވެ.

މިފަދަ ހާލަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 16 މިނިޓު ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | ދުވަހެއް ކުރިންރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 2 ދުވަސް ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 9 ދުވަސް ކުރިން