logo
MPL

MPL

ޚަބަރު

ފުލުހުންގެ ހިދުމަތް ހަރުދަނާކުރަން 'ހުޅުމާލެ ޕޮލިސް ފޯރަމް' ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2026 - 14:04
ފުލުހުންގެ ހިދުމަތް ހަރުދަނާކުރަން 'ހުޅުމާލެ ޕޮލިސް ފޯރަމް' ފަށައިފި

 

ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" މިއަދު ފަށައިފިއެވެ. އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި މި ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މީގެ އިތުރުން ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޔުނިޓުތަކުގެ އިސްވެރިންނާއި މުވައްޒަފުން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

ފޯރަމް ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމާއެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް މި ފޯރަމަކީ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިއީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް އޮތް އަހަރު ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮންމެ ޑިޕާޓްމަންޓަކާއި ޔުނިޓަކުން ވެސް އިސްކަންދޭންވީ ކަންކަމާއި ޒިންމާތައް އަދި ޖުމުލަ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަދާކުރަންޖެހޭ ދައުރު ސާފުކޮށް ބަޔާންކުރުމަކީ މި ފޯރަމްގެ މުހިންމު ބޭނުމެއް ކަމަށް އާސިމް ވިދާޅުވިއެވެ. ހަމައެއާއެކު ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް ބައްޓަންކުރަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް، ނަތީޖާ ނެރެވޭނެ އޮޕަރޭޝަނަލް އިންތިޒާމެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކަށް ރިއާޔަތްކުރުމުގެ އިތުރުން، ކުށް މަދުކުރުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މުޖުތަމައާއި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހެއެވެ. އަދި ކަލަންޑަރުގައި ހިމެނޭ ކަންކަން ހިނގާނުހިނގާ ގޮތް ބަލައި، ލިބޭ ނަތީޖާ މޮނިޓަރކޮށް އިވެލުއޭޓް ކުރެވޭނެ ސާފު ނިޒާމެއް އޮތުމުގެ މުހިންމުކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ހިދުމަތް ހަރުދަނާކުރަން 'ހުޅުމާލެ ޕޮލިސް ފޯރަމް' ފަށައިފިޚަބަރު | 30 މިނިޓު ކުރިންއޯޓީޕީ ހޯދައިގެން ހިންގާ ސްކޭމްތައް އަނިއްކާވެސް އިތުރުވެއްޖެޚަބަރު | 9 ދުވަސް ކުރިންމާލެއިން މީހަކު ގެއްލިގެން ހޯދަނީ ޚަބަރު | 10 ދުވަސް ކުރިންވިޔަފާރި އެއްބަސްވުންތައް ހާމަކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމެއް: އަބްދުﷲޚަބަރު | 11 ދުވަސް ކުރިން