logo
Bank of Maldives

Bank of Maldives

ޚަބަރު

ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ޑިސެމްބަރު 2025 - 12:42
ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކެއްގެ ތެރެއިންނެވެ. އެ މުދާތަކުގެ ތެރޭގައި ހުރި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި މާލެ، ގ. އުފްރިޔާ، މުޙައްމަދު ޢާދިލް (57އ) އެވެ. މީގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކުރީ އޭގެ އަނެއް ދުވަހު ކަމަށްވާ ޑިސެންބަރު 27 ގައެވެ.

Chocolate syrup fulhi thakeh gai rajje ah drug, ekaku hayyarukoffi | Mendhuru Tv

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތުގައި އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ރާއްޖެ އަށް ޑްރަގް އެތެރެކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަކަރުން 50،000 އަށްވުރެ ގިނަ ރުފިޔާ އަތުލި މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންޓިކްޓޮކް ލައިވްއެއްގައި، ތުއްތު ކުއްޖަކަށް އަނިޔާކުރާ އަޑު އިވިގެން ދިޔަ މައްސަލައެއްޚަބަރު | 4 ގަޑިއިރު ކުރިންމޯލްޑިވިއަންގެ އޮފީހެއް ފަޅާލައި ކާގޯ ދެ ފޮށިގަނޑު ވަގަށްނަގައިފިޚަބަރު | 6 ގަޑިއިރު ކުރިން