logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ދީފި

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
19 ސެޕްޓެމްބަރު 2024 - 14:55
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރުއާ ސަލާމްކުރައްވަނީ -- ފޮޓޯ/ ޚަރިޖީ ވުޒާރާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރުއާ ސަލާމްކުރައްވަނީ -- ފޮޓޯ/ ޚަރިޖީ ވުޒާރާ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ އަށަކުން، ދިހައެއްގެ ނިޔަލަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަހްމަންޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޒަމީރުވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި، މިއެހީތެރކަން ލިބިގެން މިދިޔައީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައިކަމަށްވުމުން މި ދެއްވި އެހީތެރިކަމަށް ރާއްޖެއިންވަނީ އިންޑިއާއަށް ޝުކުރުއަދާކޮށްފައެވެ.

މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއް ކަމަށް ދިބެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ސަރުކާރުން އުންމީދުކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުހިންމު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުފޫޒުން އެއްކިބާވާނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން''ފެނޭ'': ތާރީޚީ ބަދަލަކަށް ރަނުގެ ފުރުސަތެއްރިޕޯޓް | 7 ގަޑިއިރު ކުރިންއަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | ދުވަހެއް ކުރިންއަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 2 ދުވަސް ކުރިން