logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

އާމިނަތު ޝަފާ
29 ޖޫން 2025 - 10:49
އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސްގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބާއްވައިފިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަމުން މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ ޗެއާމަން އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެމްނެޓްސް އަކީ މުޅި ގައުމަށް އެއާ ޓްރެފިކްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެއާ ޓްރެފިކްގެ ހިދުމަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްނެޓްސްގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ޗެއާމަން ޝަރީފު އިތުރަށް ވިދާޅުވީ އަމާޒަކީ މުސްތަގުބަލުގައި އެމްނެޓްސްއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުނީގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން، އެމްއޭސީއެލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޗެއާމަން ޝަރީފު ވިދާޅުވީ ކޮންމެ ކުންފުންޏަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލް މީހުން މަދުވުން ކަމަށެވެ. އެކަން ހައްލުކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލާސް ތަމްރީނުކޮށް، ސެޓިފައި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެއާ ޓްރެފިކްގެ ހިދުމަތަކީ ވަރަށް ކްރިޓިކަލް މަސައްކަތެއްކަން ފާހަގަކުރައްވައި ޗެއާމަން ޝަރީފު ވަނީ އެމްނެޓްސްގެ ހުރިހާ މުވައްޒަފުންނަކީ ޕްރޮފެޝަނަލް، އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ މުހިންމުކަން އަމިއްލައަށް ދަނެގެން، އެއްވެސް ކަހަލަ ހުއްޓުމެއް އަދި ބުރޫއެރުމެއް ނެތި ފަރުވާތެރި ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވުމަށް އެދިވަޑައިގެންފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ބެއިޖިން ކެޕިޓަލް އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންއާ ޓާމިނަލް އާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދިމާވާ ގޮންޖެހުންތަކަށް ހައްލު އަންނާނެޚަބަރު | 4 މަސް ކުރިންވީއައިއޭ އައު ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓުކޮށްފިޚަބަރު | 4 މަސް ކުރިންއެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިޚަބަރު | 4 މަސް ކުރިން