logo
E-Platinum
ޚަބަރު

މަރޮށި ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

އަޙްމަދު ޒަލީފް
1 ޖުލައި 2025 - 11:57
މަރޮށި ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

ށ.މަރޮށި ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

އެ ރަށު ކައުންސިލުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި، އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ މަރޮށި ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެ ކަމަށެވެ.

މީގެ އިތުރުން، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން [email protected]  އަށް 2025 ޖުލައި 08 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ކުރުމަށްވެސް މި އިޢުލާނުގައި ވަނީ އެދިފައެވެ. މި ބީލަމާ ގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މަރޮށި ކައުންސިލްގެ އިޢުލާން: https://www.gazette.gov.mv/iulaan/348610

 ބީލަން ހުޅުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އެ ރަށު ކައުންސިލްގެ އިދާރާގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރޮށި ކައުންސިލަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ ޚަބަރު | 16 ދުވަސް ކުރިން