logoEN
ޚަބަރު

އަމިއްލަ ފަރާތެއްގެ އެހީއާއެކު މާފަރުގައި 500 މިދިލިގަސް އިންދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

03 ޖުލައި 2025 - 13:15

އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު މާފަރުގައި 500 މިދިލިގަސް އިންދުމުގެ ހަރަކާތެއް މި މަހު 26 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މާފަރުގައި މިހާރު ހުރި މިދިލި ގަސްތަކުން މަދު ބިނުން މަނާކުރުމާ ގުޅިގެން އެ ރަށުގެ ބަޔަކު އިސްނަގައިގެން މި މަސައްކަތް ކުރަން ތައްޔާރުވަމުން އަންނައިރު، މިއީ ކައުންސިލުންގެ ހުއްދައާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މާފަރުގައި މިހާރު ހުރި މިދިލި ގަސްތަކުން މަދު ބިނުން މަނާކުރުމާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ވަނީ އެކަމާ ގުޅިގެން ފާޑުކިޔާފައެވެ. ކައުންސިލުން އާއްމުކޮށްފައިވާ އެންގުމުގައި ބުނެފައިވަނީ ކަނަމަދުގެ ވިޔަފާރި އަކީ ރަށުގެ އާންމުން އާމްދަނީ ހޯދުމަށް ކުރާ މަސަައްކަތަކަށް ވެފައި، ވަލަށް ވަދެ މަދު ބިނުމަކީ އެ ފަރާތްތަކުގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކުރާ ކަމެއް ކަމަށެވެ.

ފަހަކަށް އައިސް ބައެއް ރަށްރަށުންވެސް މިފަދަ އިޢުލާންތައް ކުރަމުން އަންނައިރު، މިދިލި އާލާކުުރުމުގެ މަސައްކަތްވެސް ގިނަ ރަށްރަށުގައި މިހާރު ކުރަމުން ދެއެވެ.

ކޮމެންޓް

871x217_placeholder