logoEN
ދުނިޔެ

އަގްސާ މިސްކިތަށް ވަދެގަނެ އަނެއްކާވެސް ހަމަނުޖެހުން ހިންގައިފި

އާމިނަތު ސަފާއާމިނަތު ސަފާ

07 ޖުލައި 2025 - 07:10

އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާ އަށް ވަދެގަނެ ޔަހޫދީން މިއަދު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

އަލްޖަޒީރާއިން ބުނީ އަގްސާ މިސްކިތުގެ ހަރިންމަތެރެއަށް ސަހުޔޫނީ ފުލުހުންގެ ހިމާޔަތާއެކު ޔަހޫދީ ވަޒަންވެރިން ގަދަބާރުން ވަދެފައިވާކަމަށެވެ.

މި ވަޒަންވެރިންނަކީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި، ފަލަސްތީނުގެ އަމިއްލަ ބިންބިމުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އިޒްރޭލުގެ ރައްޔިތުންނެވެ.

އަގްސާ މިސްކިތުގެ ހަރިންމަވެފައިވަނީ އިސްރާއީލުގެ ކަނާތުފިޔައިގެ ސިޔާސީ މީހުން ހަމަނުޖެހުން ހިންގާތަނެއްގެ ގޮތުގައެވެ.

ގުދުސްގެ މިހާރުގެ ހާލަތުގެ މައްޗަށް ހަދާފައިވާ އެއްބަސްވުން ތަކުގެ ދަށުން، މުސްލިމުން ނޫން އެހެން މީހުން މިސްކިތުގެ ގޯތި ތެރޭގައި އަޅުކަން ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެއްބަސްވުންތައް ބޮލާލައި ޖެހުމަށްފަހު ޔަހޫދީން އަންނަނީ ގަވާއިދާ ހިލާފަށް އަގްސާ މިސްކިތަށް ވަދެ ހަމަނުޖެހުން ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder