logoEN
ކުޅިވަރު

އޮލިމްޕިކް ކޮމެޓީގެ އޮފިޝަލުންގެ ދަފްތަރެއް އެކުލަވާލަނީ

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 06:24

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ މެޑިކަލް އޮފިޝަލުންނާއި، މީޑިއާ އޮފިޝަލުންނާއި، ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން އަދި ކޯޗުންގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށާއި މި ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، އެމްއޯސީން ހިންގާ ހަރަކާތްތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މެޑިކަލް އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެލައިޑް ހެލްތް ޕްރޮފެޝަނަލް ކައުންސިލް ނުވަތަ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭއިރު މީޑިއާ އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ފަރާތަކަށްވުމާއެކު، ވަޒީފާ އަދާކުރާކަމުގެ ލިޔުމެއް ހުށަހަޅަންޖެހެއެވެ.ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް، ކުޅިވަރުގެ ދާއިރާއިން މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ އެމްއޯސީން ކަނޑައަޅާފައިވާ ކޯސްތަކުގެ ތެރެއިން ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

ކޮމެންޓް

871x217_placeholder