ހިތަދޫ އޯޝަން އެކްސްޕްރެސް އަޑިއަށް ހިނގައްޖެ، މީހުން ސަލާމަތްކޮށްފި
10 ޖުލައި 2025 - 17:16

ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ވ. އަތޮޅު ކައިރިން އޯޝަން އެކްސްރްޕްރެސް ބޯޓު އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާގައި ބޯޓު ސަލާމަތް ނުކުރެވުނު ނަމަވެސް މި ބޯޓުން ދަތުރު ހުރި މީހުން ވަނީ ސަލާމަތްކޮށްފައެވެ.

Ad by Hajj Corporation
"ބޯޓަށް ރާޅެއް އަރުވާލީ. ޕަންޕުންވެސް ފެންގަނޑު ހިއްކައެއް ނުލެވުނު. މިހާރު ބޯޓު އަޑިއަށް ގޮސްފި. ވަރަށް ބައިވަރު މުދަލާއެކު ބޯޓު އަޑިއަށް ދިޔައީ" މި ނޫހާ ވާހަކަ ދެއްކި ހިތަދޫ މީހަކު ބުންޏެވެ.
ރާއްޖޭގައި މޫސުން ގޯސްވެފައިވާ ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ވަނީ އުދަ އަރަން ފަށާފައެވެ.
މިދުވަސްކޮޅަކީ ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެއް ކަމުން މެޓް އޮފީހުން އަންނަނީ ކޮންމެ ދުވަހަކު ގޮތަކަށް ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ނެރެމުންނެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވަނީ ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދިފައެެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޮސްކޮށް އުޅޭއިރު، މިއަދުވެސް ވަނީ ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ރަށުތެރެއަށްވެސް ލޮނުގަނޑު ވަނީ އަރާފައެވެ.