logo
E-Platinum
ޚަބަރު

ތަޖުރިބާ ހާސިލްކުރުމަށް ގިނަ ނޫސްވެރިންތަކެއް އިންޑިޔާއަށް

އަޙްމަދު ޒަލީފް
12 ޖުލައި 2025 - 08:35
ތަޖުރިބާ ހާސިލްކުރުމަށް ގިނަ ނޫސްވެރިންތަކެއް އިންޑިޔާއަށް

އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކުރި ތަޖުރިބާގެ ދަތުރެއްގައި ގިނަ އަދަދެއްގެ ނޫސްވެރިން އިންޑިއާ އަށް މިއަދު ފުރައިފިއެވެ.

އެގޮތުން މި ދަތުރުގައި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު، މީޑިއާ ކައުންސިލްގެ މެމްބަރު އަދި ނޫސްވެރިޔާ ހަފްސީ އަބްދުﷲ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މަރިޔަމް ވަހީދާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުގައި އިންޑިއާގެ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލް އަށް ދިއުމެވެ. އޭގެ އިތުރުން އަގްރާ ފޯޓް، އޯޑީއޯޕީ ފެސިލިޓީއަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ނެޝަނަލް މެރިޓައިމް ފައުންޑޭޝަން (އެންއެމްއެފް) އާއި ރީސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯރް ޑިވެލޮޕިން ކަންޓްރީ (އާރުއައިއެސް) އަށް ޒިޔާރަތް ކުރައްވާނެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލްއާވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަޖުރިބާ ހާސިލްކުރުމަށް ގިނަ ނޫސްވެރިންތަކެއް އިންޑިޔާއަށް ޚަބަރު | 18 ދުވަސް ކުރިން