logo
ޚަބަރު

އަންނަ ދިރާސީ އަހަރު ޕްރީ ސްކޫލާއި ގުރޭޑް އެކަކަށް ދަރިވަރުން ވައްދަން ހުޅުވާލައިފި

އާމިނަތު ޝަފާ
16 ޖުލައި 2025 - 10:20
ސުކޫލެއްގައި ބޭއްވުނު ހަރަކާތެއްގެ ތެރެއިން//
ސުކޫލެއްގައި ބޭއްވުނު ހަރަކާތެއްގެ ތެރެއިން//

މާލޭގެ ސަރައްދުގައި ކިޔަވައިދޭ ސްލޫލްތަކަށް ދިރާސީ އާ އަހަރު ދަރިވަރުން ވައްދަން އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ހުޅުވާލީ ޕްރީ ސްކޫލާއި ގުރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ،  ޔޫކޭޖީ އަދި ގްރޭޑް އެކަކަށް ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސަރކިއުލާގައި ބުނެފައިވާ ގޮތުގައި، ދިރާސީ އަހަރު އެލްކޭޖީއަށް ވައްދަނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް 4އަހަރު ފުރި 5އަހަރު ނުފުރޭ ކުދިންނެވެ. ޔޫކޭޖީއަށް ވައްދަނީ ޑިސެމްބަރު މަހުގެ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނެވެ. ގުރޭޑް 1އަށް ވައްދަނީ ވެސް ޑިސެމްބަރު މަހުގެ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭކުދިންނެވެ.

އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެއް ގުރޭޑުން އަނެއް ގުރޭޑަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި އެލްކޭޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާަފއިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗްގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީއަށް ވަނުމުގެ ފުރުޞަތަށް ބެލެނިވެރިޔާ އެދިއްޖެނަމަ އެކުއްޖަކަށް ފުރުޞަތު ދެވޭނެ ކަަމަށް މިނިސްޓްރީގެ ސާކިއުލަރގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފިޚަބަރު | 5 ދުވަސް ކުރިންއިތުރު 5 ރަށެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފަށަނީ ޚަބަރު | 11 ދުވަސް ކުރިންސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކޮށްފިޚަބަރު | 21 ދުވަސް ކުރިންޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެޚަބަރު | 24 ދުވަސް ކުރިން