logo
ޚަބަރު

ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފި

އާމިނަތު ޝަފާ
29 އޯގަސްޓު 2025 - 03:53
ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފި

ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.

މިއީ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ގައި ރަޖިސްޓަރ ވެފައިވާ ތަމްރީނުދޭ މަރުކަޒުތަކުން ނޭޝަނަލް ކޮންޕިޓެންސީ ސްޓެންޑަޑްތަކުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިޔައަށް ގެންދިޔުމާއި ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އުސޫލުގެ މަގުޞަދެއްކަމުގައި ބުނެފައިވަނީ ، ނޭޝަނަލް ކޮންޕ ޓެންސީ ސްޓޭންޑަޑަށް ހިންގާ ޕުރޮގުރާމުތަކުގައި ބައިވެރިވާ ފަރާތްތައް އިމްތިޙާނުކޮށް ކޮމްޕިޓެންސީ ބޭސްޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލުކުރާނެ މިންގަނޑެއް އެކަށައެޅުމާއި، ނޭޝަނަލް ކޮންޕ ޓެންސީ ސްޓޭންޑަޑަށް ޕުރޮގުރާމު ހިންގުމަށް އޮތޯރިޓީ ގައި ރަޖިސްޓަރީ ވެފައިވެ ތަމްރީނުދޭ މަރުކަޒުތައް ޒިންމާދާރުކުރުވުމެވެ.

އުސޫލުގައިވާގޮތުން އިމްތިޙާނުގައި ބައިވެރިވެވޭނީ، އޮތޯރިޓީ ގައި ރަޖިސްޓަރ ވެފައިވާ ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ނޭޝަނަލް ކޮމްޕި ޓެންސީ ސްޓޭންޑަޑަށް ތަމްރީނުދޭ ޕުރޮގުރާމުތަކުގެ ތިޔަރީ އާއި ޢަމަލީ ބައިތައް ފުރިހަމަކޮށް ޕްރީ އެސެސްމަންޓުން ފާސްވެފައިވާ ފަރާތްތަކަށެވެ. އަދި ނޭޝަނަލް ސެޓްފިކެޓް ދޭން އިމްތިޙާނު ދިނުމުގައި ބަލާނީ، ފްރީ އެސެސްމަންޓް ރިޕޯޓަށާއި ދަރިވަރުންގެ ހާޒިރީ އަށާއި ތަމްރީނުދޭ މަރުކަޒުތަކުން އިމްތިޙާނަށް ދައްކަންޖެހޭ ފީ ދައްކައިފައިވޭތޯއެވެ. މީގެ އިތުރުން އިމްތިޙާނުތައް ކުރިޔަށްގެންދާނެ ތާރީޚާއި އެސެސަރުން ކަނޑައަޅާނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް  އޮތޯރިޓީންނެވެ.

އުސޫލުގައިވާގޮތުން ޕުރޮގްރާމް އެސެސްކުރުމަށް ކަނޑައަޅާ ފަރާތަކީ އޮތޯރިޓ ގެ އެސެސަރުންގެ ރަޖިސްޓަރީގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އެސެސަރުން ކަނޑައެޅުމުގައި އޮތޯރިޓން ކުރިޔަށްގެންދާ އެސެސަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭން ޖެހެއެވެ. އެސެސްކުރާ ފަރާތަކީ އެސެސްކުރަން ކަނޑައަޅައިފައިވާ ޕުރޮގުރާމުގައި ކިޔަވައިދީފައިވާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.

އެސެސަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެސެސަރެއްގެ ގޮތުގައި ރަޖިސް ޓަރ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން އެ ފެންވަރަށް ވުރެ މަތީ ލެވެލެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެއް އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވުން ނުވަތަ އެސެސަރެއްގެ ގޮތުގައި ރަޖިސް ޓަރ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށް ދެ އަހަރުދުވަހުގެ ޢަމަލ ތަޖުރިބާ ލިބެން ޖެހެއެވެ. ނުވަތަ އެސެސަރެއްގެ ގޮތުގައި ރަޖިސް ޓަރ ވުމަށް ހުށަހަޅައިފައިވާ ޕުރޮގުރާމުގެ ދާއިރާއިން މެދުނުކެނޑި 5 އަހަރުދުވަހުގެ ޢަމަލ ތަޖުރިބާ ލިބިފައިވުމާއެކު  އެ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކަށް ވާންޖެހެއެވެ.

މި އުޞޫލަށް އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ސެޓްފިކެޓް ދިނުމުގައި ޢަމަލު ކުރާނެ އުސޫލެއް އެކުލަވާލައިފިޚަބަރު | 4 ދުވަސް ކުރިންއިތުރު 5 ރަށެއްގައި އޭ ލެވެލް އަށް ކިޔަވައިދޭން ފަށަނީ ޚަބަރު | 10 ދުވަސް ކުރިންސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކޮށްފިޚަބަރު | 20 ދުވަސް ކުރިންޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިއްޖެޚަބަރު | 23 ދުވަސް ކުރިން