logo
Bank of Maldives

Bank of Maldives

ޚަބަރު

ގެމަނަފުށްޓަށް ބޮޑު ދުވަހެއް: މިހާރު ސްކޫލުގައި އޭލެވެލްއަށް ކިޔެވޭނެ

އާމިނަތު ޝަފާ
14 ސެޕްޓެމްބަރު 2025 - 15:47
ގެމަނަފުށްޓަށް ބޮޑު ދުވަހެއް: މިހާރު ސްކޫލުގައި އޭލެވެލްއަށް ކިޔެވޭނެ

ގއ. ގެމަނަފުށީ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ. އެ ސްކޫލުގައި އޭލެވެލް ފެށީ ފަސް ދަރިވަރުންނާ އެކު ގައެވެ. އެ ހުރިހާ ދަރިވަރުން ވެސް ކިޔަވަނީ ސައިންސް ސްޓްރީމަށެވެ.

ރަށުގައި ތިބެގެން ދަރިންނަށް އޭލެވެލް ކިޔަވައިދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ގެމަނަފުށީ ރައްޔިތުންނަށް މިއަދަކީ ބޮޑު ދުވަހެކެވެ. އޭލެވެލް ފެށުމަށް ޚާއްޞަ އެސަމްބްލީއެއް އެ ސްކޫލުގައި ބޭއްވި އިރު އެ އެސަމްބްލީގައި ރަށުގެ މުއައްސަސާތަކުން ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެމަނަފުށީ ސްކޫލުން އެންމެ ފަހުން އޯލެވެލް ނިންމި ބެޗްގައި 33 ދަރިވަރުން ކިޔެވިއެވެ. އޭގެ ތެރެއިން ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނުއިރު ދެ ދަރިވަރުން އެއްވަނައިގައި ހިމެނުނެވެ. އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ނެރުނުނީ ވެސް މިދިޔަ އަހަރުއެވެ.

ގެމަނަފުށީ ސްކޫލުގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު ގއ. އަތޮޅުގައި އޭލެވްލްއަށް ކިޔަވައިދޭ ތިން ސްކޫލް ހުންނާނެއެވެ. އެއީ އެ ސްކޫލުގެ އިތުރުން ގއ. އޭއީސީއާއި ދާންދޫ ސްކޫލެވެ.

3200 ދަރިވަރުންނާއެކު މަތީ ސާނަވީގެ ކިޔެވުން ފެށީ މިއަދުއެވެ.

މަތީ ސާނަވީގެ ކިޔެވުން މި އަހަރު އިތުރު 13 ސްކޫލެއްގައި ފަށާފައިވެއެވެ. މި 13 ސްކޫލާއެކު މަތީ ސާނަވީ އަށް ސަރުކާރުގެ 66 ސްކޫލެއްގައި ކިޔަވައިދެމުން ގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕަބްލިކް އެގްޒަމިނޭޝަންސް ރީސްޓްރަކްޗަރކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަނީޚަބަރު | 5 ގަޑިއިރު ކުރިންޝަހީދު ޢަލީ ސްކޫލުގެ ގުރޭޑް 1ން 10އަށް ވަންނަން ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިންވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފިޚަބަރު | 18 ދުވަސް ކުރިންވޮކޭޝަނަލް ހައި ސްކޫލުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފި ޚަބަރު | މަހެއް ކުރިން