logo
Bank of Maldives

Bank of Maldives

ޚަބަރު

ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފި

އާމިނަތު ޝަފާ
12 އޮކްޓޯބަރު 2025 - 10:32
ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފި

މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަން ހުޅުވާލީ މި މަހުގެ ދެވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޮކޭޝަނަލް ހައި ސްކޫލް ހުޅުވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. އެތަނުގައި ސްކޫލް ހިންގަން ޖާގަ ހަމަޖައްސާދީފައިވާއިރު، ދަރިވަރުންނަށް ބޭނުންވާ ވަރަށް ހުރިހާ ވަޞީލަތެއް ވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު  މުޙައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 65 އިންސައްތަ ޖާގަ ފުލްވެފައިވާ ކަމަށާއި ހައި ސްކޫލަށް ވަނުމުގެ މުއްދަތު އިތުރުކުރީ ބާކީ ހުރި ޖާގަތަކަށް ވަންނަން ބޭނުންވާ ކުދިންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުންކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަޑިމިކް ޕާޓްވޭއަށް ވަދެވޭ މިންވަރަށް ފާސްވެފައިވާ ދަރިވަރުން ވެސް ވޮކޭޝަނަލް ހައި ސްކޫލަށް ވަންނަން ފޯމް ހުށައަޅާފައިވެއެވެ. އެއިން އެނގިގެން ދަނީ ވޮކޭޝަނަލް ހައި ސްކޫލަކީ ހަމައެކަނި ދަށް ނަތީޖާ ލިބޭ ކުދިން އިތުރު ގޮތެއް ނެތިގެން ވަންނަން އޮތް ދާއިރާއެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު ޤަބޫލުކުރާކަންކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ވޮކޭޝަނަލް ހައި ސްކޫލުގައި ހިންގަން އިއުލާން ކުރި ދިހަ ކޯހުގެ ތެރެއިން ފަސް ކޯހެއް ފަށަން ބޭނުންވާ މިންވަރަށް ކުދިން ހަމަވެފައިވާ ކަމަށެވެ.

ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދާނީ އެ ސްކޫލަށް ޚާއްޞަ ޕްރިންސިޕަލެއްގެ ބެލުމުގެ ދަށުންނެވެ. ކިޔަވައިދޭނީ ހެނދުނުގެ ދަންފަޅީގައެވެ. ދަރިވަރުން ސްކޫލަށް ދާނީ އެ ސްކޫލަށް ޚާއްޞަ ބެޖެއް ހިމެނޭ ޔުނީފޯމެއްގައެވެ. ދަރިވަރަކު ކިޔަވާ ކޯހުގައި ހިމެނޭ މާއްދާތަކުގެ އިތުރުން ދިވެއްސާއި އިސްލާމް ކިޔަވާނެއެވެ. ވޮކޭޝަނަލް ހައި ސްކޫލުން ޖާގަ ދެނީ އަށާރަ އަހަރު ނުފުރޭ ކުދިންނަށެވެ.

މި މަހުގެ ތެރޭގައި ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފެށުމަށް ތައުލީމާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕަބްލިކް އެގްޒަމިނޭޝަންސް ރީސްޓްރަކްޗަރކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަނީޚަބަރު | 5 ގަޑިއިރު ކުރިންޝަހީދު ޢަލީ ސްކޫލުގެ ގުރޭޑް 1ން 10އަށް ވަންނަން ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިންވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ މުއްދަތު އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކޮށްފިޚަބަރު | 18 ދުވަސް ކުރިންވޮކޭޝަނަލް ހައި ސްކޫލުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފި ޚަބަރު | މަހެއް ކުރިން