logo
ޚަބަރު

ރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ މި ދަތުރުފުޅު ވެގެންދިޔައީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވިގެންދިޔަ ދަތުރުފުޅަކަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކަރ، ރައިޓް އޮނޮރަބަލް ސަރ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވިއެވެ. މި ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދެއްވާ އެއްބާރުލުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސަރ ކާސަލްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ، ދެ ޤައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު، ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްހުރި ފުރުޞަތުތަކަށް އަލިއަޅުވާލައްވައި ބޭއްވެވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

އަދި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގާތް، ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެވިގެންދިޔައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 14 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 2 ދުވަސް ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 2 ދުވަސް ކުރިން