-01-40bb8a38.jpg)
-8b9e982c.webp)
މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 12.2 އިންސައްތައިން އިތުރުވެއްޖެއެވެ.
މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް 235.8 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކުރީ 210.1 މިލިއަން ޑޮލަރުގެ މުދަލެވެ.
މި އަހަރުގެ ފުރަތަމަ 6 މަހު 79.4 މިލިއަން ޑޮލަރުގެ ދިވެހި އުފެއްދުން އެކްސްޕޯޓުކޮށްފައިވާއިރު މި އަހަރު ދިވެހި އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު 39 އިންސައްތަ ވަނީ އިތުރުވެފައެވެ.
ދިވެހިންގެ އަމިއްލަ އުފެްދުންތަކަށް ބަލާއިރު އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހާއި މަހުގެ އުފެއްދުންތަކެެވެ. މި އަހަރު 74.6 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމަކީ ތައިލެންޑެވެ. އެގައުމަށް 45.3 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ތާޒާ އަދި ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމަށް 13.9 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.






