-01-40bb8a38.jpg)

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް – އާރުޑިސީގެ ބޯޑު މެމްބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން އެކަން އިޢުލާންކުރީ މިއަދުއެވެ.
މީގެ ކުރިންވެސް ޝާމީ ވަނި އާރުޑީސީގެ ޗެއަރމަންގެ މާޤާމު އަދާކޮށްފައެވެ.
ޝާމީ އެމަގާމުގައި ހުންނަވަނިކޮށް މިއަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު އޭނާ އެމަގާމުން ވަކިކުރިއެވެ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑުން ވެސް އޭނާ ވަކިކުރިއެވެ.
އޭނާ ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ޝާމީއަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ޗެއާމަންއެވެ.


