-01-40bb8a38.jpg)
-7d003485.webp)
މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއަރޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މި ހާދިސާ ހިނގައިފާ ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަައެވެ.
މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށާއި އެ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރއަށް ބޮޑެތި ގެއްލުން ތަކެއް ލިބި، ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ޓޯވކުރެވިފައިވާ ކަމަށް ވެސް ފުލުުހުން ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






