-01-40bb8a38.jpg)

ލ.ގަމުގައި ގާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސަައްކަތް ފަށައިފިއެވެ.
ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ލ.ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ.
މިމަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ހަވާލުކޮށްގެންނެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރައްވަމުންނެވެ.






