-01-40bb8a38.jpg)

ރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިއެޓްނާމަށް ވަޑައިގެން އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުއި ތާން ސޮންއާ ބައްދަލުކުރައްވައެވެ.
މި އަދުގެ މި ބައްދަލު ކުރެއްވުމަށްފަހު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ ފައިދާއަށްޓަކައި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ވިއެޓްނާމަށް ވަޑައިގެންނެވީ ސައިބާ ކްރައިމާއި ދެކޮޅަށް ޔުނައިޑެޓް ނޭޝަންސްގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
-1e3e68d3.webp)
-26f41096.jpg)
-1766652569428-9f3f2185.webp)