-01-40bb8a38.jpg)

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި ފަރުވާ ހޯދާ މީހުންނަށް ޑްރަގްދީގެން ނަހަމަ ގުޅުން ބާއްވަމުން ދިޔަ އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިޓުންނަށް މަސްތުވާތަކެތި ދީ ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ ހަތަރުވަނަ ދުވަހު އެންޑީއޭއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެތަނުގައި ޕީރް މެންޓާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އައްޑޫ ސިޓީ ފޭދުއަށް ނިސްބަތްވާ 51 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.