-01-40bb8a38.jpg)

ބޮލީވުޑްގެ ކޮމޭޑިއަން ކަޕިލް ޝަރުމާގެ ' ކެޕްސް ކެފޭ' ގެ އައުޓްލެޓެއް ދުބާއީގައި ހުޅުވައިފިއެވެ.
އާ އަހަރުގެ މުނަސާބަތާ ދިމާކޮށް މި ކެފޭ ހުޅުވީ ރޭގައެވެ. "ކެޕްސް ކެފޭ" ދުބާއީގައި ލޯންޗުކުރިކަން ކަޕިލްގެ އިންސްޓަގްރާމް މެދުވެރިކޮށް އިއުލާނުކޮށްފައިވާއިރު، އެތަނުގައި އޭނާ ޚިދުމަތް ދެމުން އަންނަ މަންޒަރުތައް ވަނީ އާންމުކޮށްފައެވެ.
ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން މެންދަމު 12:00 ޖަހަންދެން މި ކެފޭ އިން ހިދުމަތް ދޭނެ ކަމަށް ރިޕޯޓުތައް ބުނާއިރު، މެނޫ ވަނީ ސިއްރުކޮށްފައެވެ.
'ދަ ކަޕިލް ޝަރުމާ ޝޯވ' އިން ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ކަޕިލް ޝަރުމާ މިހާރުވެސް ގެންދަނީ 'ކެޕްސް ކެފޭ' ގެ ނަމުގައި ކެނެޑާ ގައި އައުޓްލެޓެއް ހިންގަމުންނެވެ.






