-01-40bb8a38.jpg)
-03029b42.jpg)
ހުޅުމާލެ ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ހިޔާ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނިނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އަލިފާން ރޯވެފައިވަނީ ހިޔާ 5 ވަނަ ޓަވަރުގެ 24 ވަނަ ފަންގިފިލާގައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުން ވީޑިއޯ އާއި ފޮޓޯ އިން ފެންނަގޮތުގައި ކަޅު ދުން ދަނީ އަރަމުންނެވެ. އަދި ޓަވަރުގެ ވައި ގޮޅިއެއްގައި ހުރި އޭސީ ޔުނިޓެއްގައި ރޯވެގެން އެ ޓަވަރުގައި އުޅޭ މީހުން ޓަވަރުން ނެރެމުންދާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.



