-01-40bb8a38.jpg)

އުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސެއް ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑެއްލާ / އަލީ އިބްރާހީމް ދީދީ ކަމަށެވެ. އަދި އޭނާގެ ޖަނާޒާ މާތް ވެގެންވާ ޙަރަމްފުޅުގައި މިރޭ ފަތިސްނަމާދަށްފަހު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ރަމަޟާންމަހުގެ ފަހު 15 ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000 އަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާ ކަަމަށް މައުލޫމާތު ލިބެއެވެ. ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓަރ ޝަހީމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.






