-01-40bb8a38.jpg)

ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ރާއްޖެއަށް ގެނެސް ވިއްކަން ފަށާފައިވާ ކަމަށެވެ. މި ޝިޕްމަންޓާއެކު މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ. އަދި ޚާއްސަ އިސްކަމެއްދީގެން މިކަންކަން ވަރަށް ގާތުން ބަލަމުންގެންދާކަމަށެވެ.
އިސްރާއީލާއި އެމެރިކާ އިން އީރާނަށް ދެމުންދާ ހަމަލާޔަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ދަތިކަމެއްނެތި ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ، 1000 ޓަނުގެ ސްޓޯރޭޖެއް ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. އަދި އަމިއްލަ ކުންފުންޏެއް ކަމުގައިވާ ވިލާއިންވެސް ސްޓޯރޭޖެއް ގެންގުޅޭއިރު، ދެ ފަރާތުން އެކުގައި މިހާރު އޮންނަ ޑިމާންޑް މެނޭޖް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގޭހުގެ ސްޓޯރޭޖް އިތުރުކުރުމަށް މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.





