-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރ ޑރ. އައިޝަތު ޝިހާމްއާއި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ މަގާމުން ވަކިކޮށްފައެވެ.
މީގެއިތުރުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމްއާއި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫންއާއި އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އަދި ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު ވެސް އިސްތިއުފާ ދެއްވާފައިވާކަަމަށް މައުލޫމާތު ލިބެއެވެ. އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު، އިބްރާހިމް ހަލީލް މަގާމުން ވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.






