-01-40bb8a38.jpg)

ތ. ގާދިއްފުށީގައި 11 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް - އެމްއޭސީއެލްއިން ނިންމާލައިފިއެވެ.
11،500 އަކަ މީޓަރުގެ މި މަޝްރޫއު ނިންމާލާފައި ވަނީ 8 ދުވަހުގެ ތެރޭގައެވެ. މިމަޝްރޫއު ކުރިއަށް ގެންދިޔައީ 10 އެޕްރީލް 2026 އިން ފެށިގެން 18 އެޕްރީލް 2026ގެ ނިޔަލަށެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 11 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މި ސަރަޙައްދު ހިއްކުމަށް ގާތްގަނޑަކަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.
މަސައްކަތް ކޮށްފައި ވަނީ 11,500 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޑްރެޖަރު ފިލީޕޯ ބްރޫނެލެސްކީ (FILIPPO BRUNELLESCHI) ބޭނުންކޮށްގެނެވެ.
ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލުމަކީ އެ ރަށުގެ ތަރައްޤީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.






