-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އައްޔަންކުރައްވައިފިއެވެ.
މި ތިން ބޭފުޅުން ވެސް މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ނުކުންނަވަން ފައްޓަވައިފައެވެ.
މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 މިނިސްޓަރަކު މި މަހުގެ މެދުތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވައެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ވަޒީރުންގެ ގޮތުގައި އާދަމް ޝަރީފް އުމަރު އަދާކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ވަނީ ޑިފެންސް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ތޯރިގް ވަނީ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.






