-01-40bb8a38.jpg)

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ކުޅުންތެރިންގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި، ދަނޑުމަތީގައި ހިނގާ ކުރިމަތިލުންތަކާއި ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅޭ ހަރުކަށި އުސޫލުތަކެއް ތައާރަފްކުރުމަށް ފީފާއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ހުށަހެޅިފައިވާ ބަދަލުތަކުގެ ދަށުން، ދަނޑުމަތީގައި ހިނގާ ޒުވާބުތަކުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއަކާ ކުރިމަތިލާއިރު އަނގަ ނިވާކޮށްގެން ހުންނަ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުގެ ފުރުސަތު އޮންނާނެއެވެ. މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ފޮރުވިފައިވާ ބޭއަދަބީ ބަސްމަގު ބޭނުންކުރުން ހުއްޓުވުމާއި، ދަނޑުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމެވެ.
މީގެ އިތުރުން، ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ދަނޑުން ފައިބައިގެންދާ ކުޅުންތެރިންނަށް ވެސް ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލެވޭނެއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ފިޔަވަޅުތައް ރަސްމީކޮށް އިޢުލާން ކުރައްވާނެ ކަމަށް ބެލެވޭއިރު، މިއީ އޮފިޝަލުންނަށް ކުރާ އިހުތިރާމް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި އާ ގަވާއިދުތަކަކީ ޒަމާނީ ފުޓްބޯޅަ މުބާރާތްތަކުގައި އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް އެޅޭ އެންމެ ހަރުކަށި ފިޔަވަޅުތަކަށް ވެގެންދާނެއެވެ. ފީފާގެ އަމާޒަކީ ވޯލްޑް ކަޕް ފަދަ ޕްރެޝަރު ބޮޑު މެޗުތަކުގައި ހިނގާ ކުރިމަތިލުންތައް މަދުކޮށް، މެޗުގެ ކޮންޓްރޯލް ރަނގަޅަށް ބެލެހެއްޓުމެވެ.


-c212a3a9.jpeg)



