-01-40bb8a38.jpg)

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ފަރާތުން ރާއްޖެއަށް ދޭ "މޮފްކޮމް ސްކޮލަރޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ޖުމްލަ 40 ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްޓަރސް ޑިގްރީގެ 30 ފުރުޞަތާއި ޕީއެޗްޑީގެ 10 ފުރުޞަތެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެކި ޔުނިވަރސިޓީތަކުގައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި މަހުން މަހަށް ދޭ އެލަވަންސް (ސްޓައިޕެންޑް) ހަމަޖައްސައިދޭނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ. އަދި ކިޔަވަން ދިއުމަށާއި ނިންމާފައި އައުމަށް ބޭނުންވާ ރިޓާން އެއަރ ޓިކެޓް ހަމަޖައްސައިދޭނީ ދިވެހި ސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
މިނިސްޓްރީން ބުނިގޮތުގައި، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިނިސްޓްރީގެ ފަރާތުން ނޮމިނޭޓް ކުރާނެއެވެ. ނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުންނެވެ. ބައެއް ކޯސްތަކަކީ ޗައިނީޒް ބަ
އެޕްލިކޭޝަނާއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓް، އައިޑީ ކާޑާއި ޕާސްޕޯޓްގެ ކޮޕީ، ސްޓަޑީ ޕްލޭން، ދެ ރިކޮމެންޑޭޝަން ލެޓަރ، އަދި މެޑިކަލް އާއި ޕޮލިސް ރިޕޯޓް ހުށަހަޅަންޖެހެއެވެ.ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ އެމްކިއުއޭ އިން ވެލިޑޭޓްކޮށްފައި އޮންނަންވާނެއެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 11 މޭ 2026 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން 1474 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.



