-01-40bb8a38.jpg)

ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދިހާމައެއް ނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭގެފަހުން ފިނޭންސް މިނިސްޓަރުކަމަށް ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.






