-01-40bb8a38.jpg)

ތިލަފުށީ ގޮނޑު ގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ (19 ޖުލައި 2026) ގަޑިން ގާތްގަނޑަކަށް 21:30 އެހައިކަންހާއިރުއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރު ދަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.






