-01-40bb8a38.jpg)

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިހުތިސާސުން "ސަވާހެލި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަކިކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައި ވަނީ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ ބާރުގެ ދަށުންނެވެ.
ސަވާހެލި އޮންނަނީ އައްޑޫގެ ފޭދޫ އާއި މަރަދޫ ގުޅުން ސަރަހައްދުގެ ފަޅުތެރޭގަ އެވެ. ފަތުރުވެރި ކަމަށް ސަވާހެލި ކަނޑައެޅުމަށް ނިންމާއި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު މިހާރު ވަނީ ގެޒެޓް ވެސް ކޮށްފަ އެވެ. ގެޒެޓްގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާ އެކު އައްޑޫ ސިޓީގެ އިހުތިސާސް އަށް ގެނައި ބަދަލު ފެންނާނެ ޗާޓެއް ވެސް ހިމަނާފައިވެ އެވެ.






