-01-40bb8a38.jpg)

ރައްޔިތުންގެ އަޑު އެއްސެވުމަށް ފަހު، އެގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެއްވެމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަވާ ކަމަށް ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް އިންތިހާބު ކުރެއްވީ ރައްޔިތުންކަން އެމަނިކުފާނު ބަލައިގަންނަ ކަމަށެވެ. އަދި އެސަބަބާހުރެ ރައްޔިތުންގެ އަޑު ރައީސް އައްސަވާ ކަމަށް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވެވި އެވެ.
ނައިބު ރައީސް ވިދާޅުވީ ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ވެސް ރައީސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އަންހެނުންނަށް ސީޔާސީ ގޮތުން އެކި ފުރުސަތުތައް ޕީއެންސީ ހުޅުވާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ސިފަ ކުރެއްވެވި އެވެ. އަދި ތަރައްގީއާ ގުޅިގެން އިތުރަށް ޕާޓީ ބޮޑުވެގެންދާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.






