-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ އެންމެންނަށް ބޯހިޔަވާހަކަން ލިބޭނެ މިންވަރަށް ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރު އައީ ކުޅޭ ކުޅޭ ކަންތައްތަކެއް ކުރަން ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ކޮންމެ ދުވަހަކު ވެސް ސީރިއަސް މަސައްކަތްތަކެއް ކުރާ ކަމަށާއި ރައްޔިތުން އެދޭ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ކުރުމަށް މެނިފެސްޓޯގައި ވެސް ޖަހާފައިވާނެ ކަމަށް ވެސް ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.
ޝިޔާމް ވިދާޅުވީ މީގެ ކުރިން ބައެއް ސަރުކާރުތަކުން ބައެއް ރަށްރަށުގައި ޕްރޮޖެކްޓެއް ނުހިންގާ ވެސް ވެރިކަންތައް ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކޮންމެ ރަށެއްގައި ވެސް ތިން ހަތަރު ޕްރޮޖެކްޓަށް ވުރެ ގިއިން ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ ސަރުކާރު ވެރިކަމަށް އައިއިރު ރަށްރަށުގެ ހާލަތުހުރީ ވަރަށް ދަށްކޮށް ކަމަށާއި އަސާސީ ކަންކަން ރަށްރަށުގައި ފުރިހަމަނުވެ ހުރި ކަމަށް ޝިޔާމް ފާހަގަ ކުރެއްވެވި އެވެ.



