-01-40bb8a38.jpg)

ފަތުރުވެރިކަން ދަށްވި ދަށްވުން ރަނގަޅުވެއްޖެ ކަމަށާއި މި އަހަރުގެ ފަހު ކުއާޓާގައި ހަތް އެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް ޓޫރިމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އިން މިއަހަރުގެ ފަހު ކުއާޓާއާ ހިސާބަށްދާއިރު ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ވުރެ މިއަހަރު ފަތުވެރިން ރާއްޖެ އަށް އަންނާނެ އަދަދު ދަށް ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓާތެރޭގައި ރާއްޖެ އަށް އިތުރު ހަތް އެއާލައިނަކުން ފަތުރުވެރިން އުފުލާނެ ކަމަށެވެ. އަދި މީގެ ތެރެއިން ދެ އެއާލައިނަކީ ކުރިން ވެސް ސީޒަންތެރޭ ރާއްޖެއަށް ފަތުރުވެރިން އުފުލާފައިވާ އެއާލައިނެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.






