-01-40bb8a38.jpg)

ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތައް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 3 ސެޕްޓެމްބަރު 2024 ގައި ތަސްދީގުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރުން ބަންދުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖާ ސޭލްސް އޭޖެންޓްގެ ހިދުމަތްތައް ހިމެނެއެވެ. މި ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، އާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސްއާ އެއްގޮތަށް އަމަލުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން އެގްޒިޓް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންތިގާލީ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ރެކޯޑުތަކުގައިވާ މައުލޫމާތަށް ބިނާކޮށް އީމެއިލް އަދި ފޯނުން ގުޅަން މަސައްކަތްކޮށް ނުގުޅުނު 8 ކުންފުންޏެއްގެ ނަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މި ކުންފުނިތަކަކީ:
މި ކުންފުނިތަކުގެ ޑިރެކްޓަރުން، ހިއްސާދާރުން ނުވަތަ މަންދޫބުން ލަސްނުކޮށް އިންވެސްޓް މޯލްޑިވްސްއަށް ގުޅައި، އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކުރުމަށާއި އާ އުސޫލުތަކަށް އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިނިސްޓްރީގެ މަގުސަދަކީ މި މަރުހަލާގައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ފޮރިން އިންވެސްޓްމަންޓް ޔުނިޓްގެ ނަންބަރު 3333181 ނުވަތަ 3333182 އަށް ގުޅުމަށް އަދި އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް މެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.






