-01-40bb8a38.jpg)

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ދެވަނަ ސެގްމަންޓުގައި ތާރު އަޅާ ނިންމާލައިފިއެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. ސެގްމަންޓް 2 ގެ މަސައްކަތްކުރުމަށްޓަކާ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
މި މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް އެމްޓީސީސީން ވަނީ އަމާޒުހިފާފައެވެ. މީގެއިތުރުން، އަމީނީ މަގު މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީއާ އަމީނީ މަގުގެ މަރާމާތުކުރަމުންދާ ސަރަހައްދުގެ މަސައްކަތް ހަވާލުކުރީ މިިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހެވެ. އެ މަސައްކަތް އޮގަސްޓު މަހު ފަށައި މި ހިނގާ ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށައިފައެވެ. ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމައިލައިފައިވަނީ މި އަންގާރަ ދުވަހު (29 ސެޕްޓެމްބަރ 2026) ވަގުތެއްގައެވެ.

