-01-40bb8a38.jpg)

އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމުން ޖިންސީގޯނާކޮށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ
ފުލުހުން މިއަދު ބުނީ ރ. އަނގޮޅިތީމު ގެއަކަށް ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނޭ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 9:57 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



