-01-40bb8a38.jpg)
ރާއްޖޭގެ ފަތުރުވެރިކަމުގެ ޓެރެންޑް ބަދަލުވަމުން އަންނަ ކަމަށާއި އެގޮތުން މަސްވެރި ފަތުރުވެރިކަމަކީ ވެސް ރާއްޖޭގައި ކުރިއެރުވިދާނެ ކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަބްދުﷲ ޔާސިރު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މެދުއިރުމަތީގެ ބައެއް ފަރާތްތަކުން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށް މަސްވެރިކަން ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމަށެވެ.
ޔާސިރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރޭގައި މިހާރު ވެސް މަސްވެރިކަން އޮންނަ ކަމަށެވެ. ނަމަވެސް މިހާރަށް ވުރެ ބޮޑަށް މަސްވެރިކަމަށް އަމާޒުކޮށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


-adf87d21.jpg)
