-01-40bb8a38.jpg)

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު (އީއީޒެޑް) ގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ބޯޓު ހިފަހައްޓާފައިވަނީ ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް 'ޢިމާދުއްދީން' ގެ ބެލުމުގެ ދަށަށެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
ހަތް މީހުންނާ އެކު ހަރަކާތްތެރިވަމުން ދިޔަ މި މަސްބޯޓު ފެނިފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ އިރުއޮއްސި 18:34 ހާއިރުއެވެ.
އެމްއެންޑީއެފުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި މި ބޯޓު ހދ. ކުޅުދުއްފުށްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.



