-01-40bb8a38.jpg)
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޫނު މަރުޙަބާއަކާއި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިޙްތިރާމާއި އިތުބާރު އަދި ތަރައްޤީއާއި ފާގަތިކަމަށް އޮތް އެއް އަމާޒެއްގެ މައްޗަށް ބިނާވެފައިވާ ފުން އަދި ދެމެހެއްޓެނިވި އެކުވެރިކަމެއް ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސާބިތު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެ ޤައުމުގެ އެއްބާރުލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުސްތަޤުބަލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް އިތުރަށް ބަދަހިކޮށް، ދެޤައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދުވަހުން ދުވަހަށް އިތުރަށް ވަރުގަދަވެ، ޗައިނާއަށް އިތުރު ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.






