-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ އެޅިގެންދިޔެ ވަރަށް ވަރުގަދަ ބިންގަލަލެއް ކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިއަންހުއާ ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 77 ވަނަ ޤައުމީ ދުވަހާ ގުޅިގެން، ސަފީރު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ރައީސް މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޭއްވި މަތީ ފަންތީގެ ބައްދަލުވުންތަކަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަށް އެޅިގެންދިޔެ ވަރަށް ވަރުގަދަ ބިންގަލެއް ކަމަށެވެ.. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު މި ބައްދަލުވުންތަކުގެ ސަބަބުން އިތުރަށް އާވެގެންދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މުނާސަބަތުގައި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އަގުވަޒަންކުރައްވައި، ރާއްޖެއާއި ޗައިނާގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަސް ފާހަގަކުރާ މި ޤައުމީ ދުވަހާ ދިމާވާއިރު، ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 54 އަހަރު ފުރޭކަންވެސް ފާހަގަކޮށްލެވެއެވެ.






