-01-40bb8a38.jpg)
ހުޅުމާލޭގައި ތަރައްޤީކުރާ އައު އޮޑިޓަރ ޖެނެރަލް އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމް.ޓީ.ސީ.ސީ އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޝްވަރާކޮށްފިއެވެ.
އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި އެ ކުންފުނީގެ އިސް ބޭފުޅުން،އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒާއި އެ އޮފީހުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ހުޅުމާލޭގައި ތަރައްޤީކުރަމުންދާ އައު އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށްދާ މިންވަރާއި، އެ މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުންނެވެ.


