-01-40bb8a38.jpg)

ޗެމްޕިއަންސް ލީގުގައި ވާދަވެރި ކުޅުމަކަށްފަހު، މައިކަލް އޮލީސޭއަށް ދެއްކި ރަތް ކާޑުގެ ފައިދާ ނަގައި ނޯވޭގެ ވައިކިންގް އިން 3-3 އިން ބަޔާން މިއުނިކް އެއްވަރުކޮށް ތާރީޚީ ނަތީޖާއެއް ނެރެފިއެވެ.
މެޗު ފެށިގެން 71 ސިކުންތުގެ ތެރޭގައި ޖިއާނީ ސްޓެންސްނެސް ވަނީ ލަނޑެއް ޖަހައި ވައިކިންގް އަށް ކުރިހޯދައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ޕީޓާ ކްރިސްޓިއަންސަން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ހެރީ ކޭން ޖެހި ޕެނަލްޓީއަކާއި ބޮލުން ކާމިޔާބުކުރި ލަނޑާއެކު ބަޔާން އިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ލަނޑު ޖަހައި ބަޔާން އަށް ކުރިހޯދައިދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން އޮލީސޭ އެއް މިނެޓު ތެރޭގައި ދެއްކި ދެ ރީނދޫ ކާޑާއެކު ދަނޑުން ފޮނުވާލުމުން މެޗުގެ މިސްރާބު ބަދަލުވިއެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބަޔާން ކޮޅަށް، 90 ވަނަ މިނެޓުގައި ވައިކިންގް ގެ ހާމަން ހައުގަން ވަނީ ބޮލުން ލަނޑު ޖަހައި މެޗު އެއްވަރުކޮށްފައެވެ. މިއީ މި މުބާރާތުގައި ވައިކިންގް އިން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.




-2bfd3eec.jpg)

