-01-40bb8a38.jpg)

ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ވަޅު ކޮންނުމުން ފެން އަރާތީ އެ ސަހަަރާގައި މީހުން ވަޅުލުން މެދުކަނޑާލައި މާޅެ ސަހަރާއަށް ބަދަލުކޮށްފިއެވެ.
މާލޭ އާސަހަރާގެ ކަންކަން ބަލަހައްޓަމުން އަންނަ މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާގައި ވަޅުކޮނުމުން ކަށްވަޅުގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެންކަމުން މައްޔިތުން ވަޅުލުން މާލޭ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި މީހުން ވަޅުލައި އުޅެނީ މާލޭ އާސަހަރާގެ އިތުރުން ހުޅުމާލޭގެ ސަހަރާގައެވެ. މީގެ ކުރިން ވެސް ބޯކޮށް ވާރޭވެހުމާ ގުޅިގެން މިފަދަ = ބައްދަލުތައް ގެނެސްްފައިވެއެވެ.
-39db8516.webp)





