-01-40bb8a38.jpg)

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހއ. ހޯރަފުށީގައި 1 މެގަވޮޓްގެ ޖަނަރޭޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ސްޓެލްކޯއިން ބުނިގޮތުގައި ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖަނަރޭޓަރު ރަސްމީކޮށް އިފްތިތާހުކޮށް، ބޭނުންކުރަން ފެށުމުގެ ސަބަބުން ރަށުގައި ކަރަންޓު އުފެއްދުމަށް ގާއިމުކުރެވިފައިވާ ގާބިލުކަން ވަނީ 3.3 މެގަވޮޓަށް އިތުރުވެފައި ކަމަށެވެ.
މި އާ ޖަނަރޭޓަރާއެކު، ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ގޮތެއްގައި ކަރަންޓު ލިބުމަށް މަގުފަހިވާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނިގޮތުގައި މި ތަރައްގީގެ ސަބަބުން ރަށުގެ ކުރިއެރުމަށް އެހީތެރިވެދީ، ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތް މެދުވެރިކޮށް ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެއެވެ.




-3b396fa7.jpg)
-ccd76420.jpg)
